NCCH Logo

މަސައްކަތްތައް

 

ކޯޕަރޭޓް އެފެއާޒް ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަންގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ މެންޑޭޓްގައި ކަނޑައެޅިފައިވާ މަސައްކަތްތައް ކުރުމުގައި ހުރިހާ ރޮނގަކުންވެސް އެހީތެރިވެދިނުމެވެ. އެގޮތުން އޮފީހުގައި ކުރަމުންގެންދާ ހުރިހާ ކަމެއް ރާވައި ހިންގުމުގައި އެހީތެރިވުމާއި އިދާރީ ގޮތުންނާއި މާލީ ގޮތުން ކޮށްދޭންޖެހޭ ހުރިހާ ކަމަކާއި، އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީތެރިކަން ޒަމާނާ އެންމެ އެކަށޭނެ ފެންވަރެއްގައި ފޯރުކޮށްދިނުމާއި، އޮފީހުން ހިންގާ ތަފާތު ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމުގައި އެހީތެރިވުމާއި، އޮފީހުގެ ބަޖެޓް ހެދުމާއި އަދި ހިއުމަން ރިސޯސަސްގެ ދާއިރާ ވަރުގަދަ ކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމާއި ޑިޕާޓްމަންޓްގެ މެއިންޓެނަންސް އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރެއްވުމެވެ.

 

ހެރިޓޭޖް ސެކްޝަން

ހެރިޓޭޖް ސެކްޝަނުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ސަޤާފީ ތަރިކަ ގިނަ ދުވަހަށް ދެމިހުންނާނޭ ގޮތަށް ރައްކައުތެރިކޮށް ބެލެހެއްޓުމާއި ދިވެހީންގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމާއި މި ކަމުގައި ގެންގުޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް އެގޮތުގެ މަތީން ޢަމަލު ކުރުމެވެ. މި މަސައްކަތުގައި ރާއްޖޭގައި ހުރި އާސާރީ ސަރަޙައްދުތައް ގިނަދުވަހަށް ދެމިހުންނާނޭ ގޮތަށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަގާފީ ތަރިކައާބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މިކަމުގައި ޢާންމުންގެ އެއްބާރުލުން ހޯދުމާއި ރާއްޖޭގެ އާސާރީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ އާސާރީ ތަންތަނާއި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ބެލެހެއްޓެއްވުމެވެ.

 

ނޭޝަންލް މިއުޒިއަމް ސެކްޝަން

ނެޝަނަލް މިއުޒިއަމްގެ މައިގަނޑު މަސައްކަތްތަކަކީ ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ މަޢުލޫމާތު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ބެލެހެއްޓުމާއި، ގިނަދުވަހަށް ދެމިހުންނާނޭގޮތަށް ފަރުވާދިނުމާއި، ތަކެއްޗާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި ދާއިމީ އަދި ޚާއްޞަ އެގްޒިބިޝަންތަކާއިބެހޭ މަޢުލޫމާތު ޢާންމުކުރުމެވެ. އަދި މީގެއިތުރުން އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަޙައްދީ ދާރުލްއާސާރުތައް ހިންގުމުގައި ލަފާދީ އެހީތެރިވުމެވެ.

 

Copyright 2026